މޫސާވަސީމްގެ ބްލޮގަށް މަރްޙަބާ
އަޅުގަނޑަކީ މޫސާ ވަސީމް. އެމްއެންބީސީ ވަންގެ ނިއުސް އެންޑް ކަރަންޓް އެފެއާރޒް ޑިޕާޓްމަންޓްގައި ޚަބަރާއި މަޢްލޫމާތު ތައްޔާރުކުރުމާއި ހުށަހަޅައިދިނުމުގައި މިހާރުވެސް އިސް ދައުރެއް އަދާކުރަން. އަޅުގަނޑުގެ ކުރިއެރުމަކީ އަޅުގަނޑުގެ ޚިދުމަތް ބަލައިގަންނަ ބޭފުޅުން އަޅުގަނޑަށް ދެއްވާ ތަރުޙީބާއި ފާޑުކިޔުން. ކޮންމެ ޚަބަރެއް ކިޔާ ނިންމާލާއިރުވެސް އަޅުގަނޑަށް ހެޔޮއެދޭ ފަރާތްތަތަކުން ގުޅާ ފާޑު ވިދާޅުވޭ. ބައެއް ފަހަރު ރަގަޅު ކޮމެންޓްސް. އަނެއްބައިފަހަރު އަޅުގަނޑު ކުށެއްކިޔައިގެން ނުވަތަ އަޅުގަނޑު ހެދުން އަޅާފައި ހުރިގޮތުން ހިތްހަމަނުޖެހިގެން. މިހުރިހާ ޚިޔާލަކަށްވެސް އަޅުގަނޑު އުފަލާ ހިތްހަމަޖެހުމާއެކު މަރްޙަބާކިޔާ ބަލައިގަންނަން. އަދި ކުރިއަށް އޮތްތަނުގައި މިކަންކަން ރަގަޅުކުރުމަށް ވަރަށް މަސައްކަތްކުރަން.
މިބްލޮގް އަކީ އަޅުގަނޑާ ތިޔަބޭފުޅުންނާ ދެމެދު ގާތްގުޅުމެއް އުފެއްދުމުގައި އެމްއެންބީސީ ވަން އިން ތަޢާރަފްކުރާ ވަޞީލަތެއް. އަޅުގަނޑަށް ފޯނުނުނެގޭ ފަހަރުތަކުގައި ބްލޮގް މެދުވެރިކޮށް ފާޑުވިދާޅުވެލައްވާ. އަޅުގަނޑުގެ ޚިޔާލުވެސް މިބްލޮގް މެދުވެރިކޮށް ތިޔަބޭފުޅުންނާ ޙިއްޞާ ކުރަމުން ދާނަން. އަޅުގަނޑަށް ތިޔަ ދެއްވާ ތަރުޙީބާ ބަހައްޓަވާ ގާތްކަމަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން.
Hello Moosa,
ReplyDeleteGreat to know that you are blogging now. This is a good initiative since we all need to interact with you. Your news reading is perfect. But your program presentation need some improvement. I saw a tourism related environmental issue based discussion which you hosted. Your presentation wasn't to the mark I expected. But you one of the best presenters in the scene. Keep up the good work.
Thank you for your comment. Waseem
ReplyDeleteވަސީމް ދިވެހި ޚަބަރު ނޫން ޕްރޮގްރާމްތައް ހުށަހެޅީމަ އަޅުގަނޑަކަށް ކަމަކުނުދޭ. ދިވެހި ޚަބަރަށް ތިޔަވަރެއް ނެތް.
ReplyDelete